2:44 pm, 23 Jul 2008
ޤައުމީ އިއްތިޙާދުން ކިތަންމެވަރަކަށް އެއް ކެންޑިޑޭޓަކަށް ޤާސިމް އިބްރާހިމް ގެންނަން މަސައްކަތް ކުރިއަސް އެކަން ކުރިއަސް އެކަން އެގޮތަށް ވިޔަ ނުދެއްވާނެ ކަމަށް ޑރ. އަޙްމަދު ޝަހީދު ވިދާޅުވެޖެއެވެ. . . . » » »
11:42 am, 23 Jul 2008
މުސްރިފު
ސަރުކާރުގެ އޮފީސް ތަކުގެ %20 ޚަރަދު ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ލަފާދެއްވާފައެވެ. އަދި މިގޮތަށް ކަންކަން ކުރުމަށްވެސް ވަނީ ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް އަންގަވާފައެވެ. މިގޮތުގެ މަތިން ރަސްމީ ގަޑިތައް ފިޔަވާ އެހެނިހެން ގަޑިތަކުގައި އޮފީސްތައް ނުހުޅުވުން ހިމެނެއެވެ. . . . » » »
8:40 pm, 21 Jul 2008
ސިޔާސީ މުރުޝިދު،
މިއަދު ދިވެހި ލޮބުވެތި ރައްޔިތުންނަށް އެއްވެސް، އެއްޗެއް އެބަ ވިސްނޭ ހެއްޔެވެ؟ ހަޤީޤަތަކީ، ވޭތުވެދިޔަ 29 އަހަރު ދިވެހި ދަޢުލަތް ހިންގެވި ދޯހަޅި ސިޔާސަތުގެ ހުސްކަން މިއޮތީ މިއަދު ޤަޢުމަށް ކުރިމަތި ވެފައެވެ. އިޤްތިސާދީ ކަންކަމުގެ މައްޗަށް ވެދިޔަތަނުން ކުށްތައް ނުފެނުނީ، މަޢުމޫނު މަނިޓަރީ އޮތޯރިޓީގެ ޤަވަރުނަރުގެ ހައިސިއްޔަތުން ދައުލަތުގެ ބަޖެޓް މަޖުލީހަށް ހުށަހެޅުމުގެ އުސޫލު އޭރު އޮތީމައެވެ. ޤައުމުގެ އިޤުތިސާދީ އަދި ސިޔާސީ ކަންކަމުގައި ހުރި މައްސަލަތައް ފެންމަތި ނުވީ އެހެންވެގެންނެވެ. ދަންނަވަން މިއުޅޭ އެއްޗަކީ، މީގެ ކުރިންވެސް، ރާއްޖޭގެ އިޤުތިސާދީ އަދި ސިޔާސީ ކަންކަމުގައި މައްސަލަތައް ހުއްޓެވެ. މިނިސްޓްރީ އޮފް ފިނޭންސުން ސިފައިންގެ އިސްވެރިންނަށާއި، ތިމާގެ މީހުންނާއި ޅިޔަނުންނާއި، މަޖުލިސް މެންބަރުންނާއި، އަތޮޅުތަކުގެ އަތޮޅު ވެރިންނަށް ތިމާއަށް ފެންނަ އަދަދަކަށް ފައިސާގެ ލޯނު ދެއްވި އިރު، މިފައިސާއަކީ، ދިވެހި ރައްޔިތުންގެ މާލިއްޔާކަން އެނގިވަޑައިގަތްތޯއެވެ. . . . » » »
12:03 am, 15 Jul 2008
އަސްވަދު
ޑީ.އާރު.ޕީ ގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ޒަޢީމު ރައީސު މައުމޫނު ވިދާޅުވީ ބޭރުގެ ނުފޫޒަށާއި ބޭރުގެ ނުފޫޒުގެ ދަށުވެފައިވާ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގެ ވެރިކަމަށް އަޔަނުދޭނޭ ކަމަށެވެ. މިފަހަކަށް އައިސް ރައީސު ދައްކަވާ މިބާވަތުގެ ދެކޮޅުނުޖެހޭ ވާހަކަތަކުގެ ނިސްބަތް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. ބޭރުގެ ނުފޫޒަށް ބޯލަނބާ އަދި ބޭރުގެ ނުފޫޒުގެ މަސްތުން މަސްތުވެފައިވަނީ ރައީސު މައުމޫނުތޯ ނުވަތަ އެހެން ބައެއްތޯ މިއީ މިވަގުތު ކޮންމެހެންވެސް ކުރަންޖެހިއްޖެ ސުވާލެކެވެ. . . . » » »
8:03 am, 13 Jul 2008
ޔޫސުފު
މާލީ ވަޒީރު އަލްފާޞިލް ޤާސިމް އިބްރާހީމު މިމަހު 10ވަނަ ދުވަހު މަޤާމުން އިސްތިޢުފާ ދެއްވީ އެމަނިކުފާނާއި ކުރިމަތިވަމުން ދިޔަ ދާޚިލީ އަދި ޚާރިޖީ ޕްރަޝަރަށް ކެތްނުކުރެވިގެންނެވެ. ދާޚިލީގޮތުން މާލީ ވަޒީރަށް އެންމެ ބޮޑަށް ޕްރެޝަރު ކުރިމަތިކުރުވީ ނިއު މޯލްޑިވްސް ގެ ޑޮކްޓަރުންނެވެ. އެ ބޭފުޅުން ދެއްވަމުން ގެންދެވި ބަސްދީ ގަތުން ތަކުގައި އާއި އެބޭފުޅުން ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުގެ ރޭ 8:30-9:30 ދި. އެފް. އިން ގެނެސްދޭ ޕްރޮގްރާމުގައި މާލީ ވަޒީރުގެ އިޤްތިޞާދީ ދޯހަޅި ސިޔާސަތަށް ނުހަނު ފާޑުވިދާޅުވިއެވެ. . . . » » »
6:22 am, 12 Jul 2008
މުސްލިހު
އަންނަ ރިޔާސީ އިންތިޚާބު މިނިވަން އިންޞާފު ކުރެވުމަށްޓަކައި ބޭރުގެ ޤައުމުތަކުންނާއި ޖަމާޢަތްތަކުން ރައީސު މައުމޫނަށް ފިއްތުން ތަކާއި ކުރިމަތި ކުރުވަން ފައްޓަވައިފިއެވެ. މިފަދަ ފިއްތުން ތައް ރޭވުމުގެ މޭސްތިރީންނަކީ ނިއު މޯލްޑިވްސްގެ ތިން ޑޮކްޓަރުންނެވެ. މިގޮތުން ނިއު މޯލްޑިވްސްގެ ފަރާތުން ލަންޑަން އާއި، ބްރަސަލްސް އާއި، ވޯޝިންގްޓަން ގައި މިހާރުވަނީ “މޯލްޑިވްސް އިލެކްޝަންސް ވޯޗް” ގެ ނަމުގައި ޙަރަކާތްތެރިވާ ނުފޫޒުގަދަ ފަރާތްތަކެއްވަނީ ޤާއިމުކޮށްފައެވެ. . . . » » »
2:41 pm, 8 Jul 2008
c
މއ. ރޯޒްވިލާ،
މާލެ،
ދިވެހިރާއްޖެ
ދިވެހިރައްޔިތުންގެ ޕާޓީގެ ޒައީމު އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމަށް،
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
މަނިކުފާނަށް އެގިވަޑައިގަންނަވާނޭފަދައިން، އަޅުގަނޑަކީ ޑީ.އާރު.ޕީ ވުޖޫދަށް ގެނައުމުގައި ވަރަށް އިސްކޮށްހަރަކާތްތެރިވެފައިވާ މީހަކީމެވެ. އަޅުގަނޑު އެމަސައްކަތްތައް އެއިރު ކުރީ، ދިވެހިރާއްޖޭގެ ސިޔާސީ ޙަޔާތުގައި ރައްޔިތުންނަށް ބައިވެރިވެވޭ މިންވަރު އިތުރުކުރުމަށާއި ސިޔާސަތުތަށް ކަނޑައެޅުމުގައި ރައްޔިތުންގެ އަޑު ހިމެނުމަށާއި ރާއްޖޭގެ ސިޔާސީ ނިޒާމު ޒަމާނަށް ފެތޭގޮތަށް ބައްޓަން ކުރުމަށާއި ކުރިމަގުގައި ވެރިކަމުގެ އިސްމަގާމުތައް ފުރާނެ ޒުވާން ވެރިންތަކެއް ތައްޔާރު ކުރުމަށާއި، 9 ޖޫން 2004 ގެ އިސްލާޙީ އެޖެންޑާ ތަންފީޛުކުރުމަށް އެހީތެރިވެދޭނެ ވަސީލަތަކަށް ޑީ.އާރު.ޕީ ވެގެންދާނެކަމުގެ އުއްމީދުގައެވެ. . . . » » »
1:43 pm, 8 Jul 2008
އަމީނު
ނިއު މޯލްޑްވިސްގެ ރިޔާސީ ކެންޑިޑޭޓް ޑރ. ޙަސަނުގެ ރިޔާސީ ކޭމްޕެއިން ފެއްޓެވުމާއި ގުޅިގެން ރައީސު މައުމޫނުގެ ސަރުކާރުވަނީ އިންތިހާއަށް ޕްރެޝަރަށް ވެއްޓިފައެވެ. އަދި ހަމައެހެންމެ ނިއު މޯލްޑިވްސްގެ ބޭބޭފުޅުން ދައްކަވާ ވާހަކަފުޅުތައް ވަރަށް ހަލުވިކަމާއެކު ރައްދުވެސް ދެވޭތޯ ރައީސު މައުމޫނުގެ ސަރުކާރުން މަސައްކަތް ކުރައްވައެވެ. އަދި މިހފަހަކަށް އައިސް އެބޭބޭފުޅުން ދައްކަވާ ވާހަކަފުޅުތަކާއި އެއްގޮތަށް ޢަމަލުކުރެވޭތޯވެސް ރައީސު މައުމޫނުގެ ސަރުކާރުން މަސައްކަތް ކުރައްވައެވެ. . . . » » »
1:45 pm, 7 Jul 2008
ޢަލީ ސުލައިމާން
ދިވެހިރާއްޖޭގައި ހިގަމުން މިއަންނަ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް، ގައުމަށް ޑިމޮކްރަސީ އާއި މިނިވަންކަމުގެ މޭވާ ހޯދުމަށް ދިވެހި ރައްޔިތުން މަސައްކަތް ފެށީ މީގެ ގާތްގަޑަކަށް 4 އަހަރު ކުރީންނެވެ. އަދި މީގެ މާކުރިންވެސް މިމަސައްކަތުގައި ހަރަކާތްތެރިވި ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވެ. ނަމަވެސް އެބޭފުޅުނަށް މަސައްކަތް ކުރާނެ ފުރުސަތު ލިބުނީ ފަރުދީ ގޮތެއްގައެވެ. . . . » » »
11:17 am, 7 Jul 2008
މުސްތަފާ
ރައީސު މައުމޫނު ދެކިލައްވާ ގޮތުގައި ޑީ.އާރު.ޕީ އަކީ އެމަނިކުފާނުގެ މިލްކެކެވެ. ތަރިކައިގެ އުޞޫލުން ޢާއިލީ ބޭފުޅުންނަށް ބެހެންޖެހޭނެއެވެ. ޕާޓީއުފައްދުމަށް ފަހު އިސްކޮށް ޙަރަކާތްތެރި ވެލެއްވީ ކޮއްކޯފުޅު ޢަބުދުއްލާ ޔާމީނާއި، ކޮއްކޯފުޅު އަލްޤީނާއި، ބޮޑުބޭބެ ކިޔާ ހަމްދޫން ހަމީދާއި، ފާތިން ހަމީދާއި، ވަފާ މެން ފަދަ ބޭބޭބުޅުންނެވެ. . . . » » »
9:24 pm, 6 Jul 2008
އަލީ ސުލައިމާނު
އޯޕަން ސޮސައިޓީ ގެ ފަރާތުން ބޭއްވި އިގްތިސާދީ ފޯރަމެއްގައި ކުރީގެ ފިނޭންސް މިނިސްޓްރީގެ ނާއިބް މައިޒާން އާދަމްމަނިކާއި، ކުރީގެ ފޮރިން މިނިސްޓަރގެ ނާއިބު ސަލާޙް ޝިހާބާއި، ކުރީގެ ޓްއަރިޒަމް މިނިސްޓަރ ބޮޑުފެންވަޅުގޭ އަޙްމަދު މުޖުތަބާއާއި، ނަފާ މުޙައްމަދު ނަސީމާއި އަދި ޝަފީނާޒު ޢަބްދުއް ސައްތާރު މޫސާދީދީ ފުރަތަމަ ފަހަރަށް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. މިފަހަކަށް އައިސް މިހާ ގިނަ ފުންނާބު އުސް ބޭފުޅުން ކޮޅެއް އެއް ފޯރަމަކުން ފެނުނު މިއީ ފުރަތަމަ ފަހަރުވެސް މެއެވެ. އަދި މިއެންމެ ބޭފުޅުންނަކީ ސަރުކާރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފައިވާ، އަދި މައުމޫނުގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުތައް ވަރަށް ކައިރިން ތަޖްރިބާ ކުރައްވާ އެކަންތައްތައް ރަގަޅު ކުރުމަށް މަސައްކަތް ކުރެއްވުމަށްފަހު ސަރުކާރުގެ ތެރެއިން އެކަންތައްތައް ރަގަޅު ނުކުރެއްވިގެން ސަރުކާރު ދޫކޮށް ބޭރަށް ނުކުމެ ވަޑައިގެންނެވި ބޭފުޅުންނެވެ. . . . » » »
12:11 pm, 6 Jul 2008
މުސްރިފު
ދުނިޔޭގެ ތެލުގެ 150 ޑޮލަރަށް އަރާ މަސްވެރިންނަށް މަހަށް ނުފުރި ސްޓެލްކޯއަށް ދުވާލަކު 2 މިލިއަން ރުފިޔާ ގެއްލުންވެ، ރަށްފުށުގެ ރަޢްޔިތުން އަނދިރި ޙާލަތުގައި އުޅުއްވާ އިރުވެސް އިސްރާފުލް އަކްބަރު މައުމޫނު ޢަބުދުލް ޤައްޔޫމަށް ކަހާތަން ހިރުވާހެންވެސް ހީއެއް ނުވެއެވެ. . . . » » »
11:52 am, 6 Jul 2008
މިއަދު 1:45 ގައި އިނގިރޭސި ސަފީރު އިންތިޒާމުކުރައްވައިގެން ބާއްވާ ބައްދަލުވުމެއް މާލޭގެ ސެންޓްރަލް ހޮޓަލުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކާއި ރިޔާސީ ކެންޑިޑޭޓުންގެ ބައިވެރިވެލައްވާނެއެވެ. ބައްދަލުވުމުގެ މަޤްޞަދަކީ ކެމްޕެއިންގައިއާއި އަދި އިންތިޚާބުގައި ހުރިހާ ޕާޓީތަކުންނާއި ކެންޑިޑޭޓުން ޢަމަލުކުރައްވާނޭ ސުލޫކީ މިންގަނޑެއް ނުވަތަ (ކޯޑް އޮފް ކޮންޑަކްޓްސް) އަކަށް އެއްބަސްވުމެވެ. އަދި އިންތިޚާބު މިނިވަން ކުރެއްވުމުގައި ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ބެލުންވެސް ހިމެނެއެވެ. . . . » » »
9:59 am, 5 Jul 2008
ފޮތަކީ ކޮންކަހަލަ ފޮތެއް؟
ފޮތުގައި ވާގޮތުން މުރުތައްދުވުމަކީ މުސްލިމަކު ކުރާނެ އެންމެ ބޮޑު ފާފައެވެ. އެކަމަކު އެފާފައަށް އޭނާއަށް ޖަޒާ ލިބޭނީ އާޚިރަތްދުވަހުއެވެ. (އެއީ އަބަދުގެ އަބަދަށް ނަރަކައިގައި ވުމެވެ.) ފޮތް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ މުރުތައްދުވާ މީހާއަށް ކަނޑައެޅިފައިވާ މަރުގެ އަދަބަށެވެ. މުރުތައްދުވުމަކީ ރަނގަޅުކަމެއްކަން، ނުވަތަ މުސްލިމުން އިސްލާމްދީން ދޫކޮށްލުމާއިމެދު ވިސްނަންވެއްޖެކަން، މިނޫނަސް މިފަދަ މާނައެއް ދޭހަވާ އެއްވެސް ވާހަކައެއް ފޮތަކު ނެތެވެ. އަދި މުރުތައްދުވުމަށް މިފޮތް އެއްވެސް ޙާލެއްގައި އެއްވެސް ވަރަކަށް ހިތްވަރެއް ނުދެއެވެ. . . . » » »
2:16 pm, 3 Jul 2008
ޢަލީ ސުލެއިމާނު
ދިވެހި ޤައުމުގެ މުސްތަޤުބަލް ބައްޓަންކުރާ އެންމެ މުހިންމު މޭސްތިރިންނަކީ ޓީޗަރުންކަމާ މެދު ޝައްކެތްނެތެވެ. ދުނިޔޭގެ ތަރައްޤީވެ ކުރިއަރާފައިވާ ހުރިހާ ޤައުމެއްވެސް ކުރިއަރާފައިވަނީ ތަޢުލީމީ ނިޒާމުގެ ހަރުދަނާކަމުގެ މައްޗަށް ބިިނާކޮށެވެ. ޤައުމުގެ ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާއީ ފޭރާން ރަނގަޅު ކުރުމަށްޓަކައި މިދެންނެވި ޤައުމުތަކުން ބޭނުންކޮށްފައިވާ އެންމެ މުހިންމު ވަޞީލަތަކީ ޤައުމުގެ ދަރިންނަށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމެވެ. އޭގެ އެދެވޭ ނަތީޖާ މިއަދު ތަރައްޤީވެފައިވާ ޤައުމުތަކުން ފެންނަން އެބަހުއްޓެވެ. . . . » » »
1:40 pm, 3 Jul 2008
ޑރ. ޙަސަނާއި އޭނޭގެ ބޭބެ ޕްރޮފެސަރ ޢަބުދުއްލާ ސަޢީދު ލިޔުއްވާފައިވާ “ފްރީޑަމް އޮފް ރިލިޖަން އެޕޮސްޓަސީ އެންޑް އިސްލާމް” މި ފޮތް އިސްލާމީ ކަންތައްތަކާއި ބެހޭ މަތީމަޖިލީހުން މަނާކުރެއްވީ ޤާނޫނީ ހަމައެއް ނެތި ދިވެހިރާއްޖޭގެ ޤާނޫނާއި ޚިލާފަށް ކަމަށާއި އަދި އެ ފޮތްމަނާކުރިކުރުން ބަދަލުކުރުމަށްވެސް ރައީސަށް ޤާނޫނީ ލަފާ އަރުފާވައިވާ ކަމަށެވެ. . . . » » »
11:26 am, 3 Jul 2008
އޯޕަން ސޮސައިޓީ އެސޯސިއޭޝަނާއި މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ފަރާތުން ރޭ ދަރުބާރު ގޭގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި، ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް އަންނަމުންދާ ބަދަލާއި، ރާއްޖޭ އިގްތިސާދީ ސިޔާސަތު ބައްޓަން ކޮށްފައިވާ ގޮތާއި ބެހޭގޮތުން ރައްޔިތުންނަށް މައްލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ބައްދަލުވުމެއް ބޭއްވުނެވެ. މިބައްދަލުވުމުގައި ޕެނަލް މެމްބަރުންގެ ގޮތުގައި ވާހަކަ ދައްކަވަން ތިއްބެވީ ރާއްޖޭގެ މަޝްހޫރު އިގްތިސާދީ މާހިރުން ކޮޅެކެވެ. މިގޮތުން އަލްފާޟިލް ސަލާހު ޝިހާބާއި، ޝަފީނާޒު އަބްދުއްސައްތާރާއި، އަހްމަދު މުޖްތަބާއާއި، މައިޒާން އާދަމް މަނިކާއި، ނަފައަ ނަސީމު ޕެނަލް މެމްބަރުންގެ ގޮތުގައި ވަރަށް ތަފްސީލުކޮށް ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތާއި ބެހޭގޮތުން ވާހަކަދެއްކެވިއެވެ. . . . » » »
3:14 pm, 2 Jul 2008
ޓީޗަރުންނަކީ ފައިސާގެ ދަހިވެތިކަމުގައި އުޅުއްވާ ބޭފުޅުން ކަމަށް އޭޑީކޭ ނާޝިދު ވިދާޅުވެއްޖެ!
ޢަބްދުއްރަޝީދު